އޭލެވެލް، އެޑެކްސެލްއިން ކޭމްބްރިޖަށް ބަދަލުކޮށްފި

އޭލެވެލްގައި މިހާރު ކިޔަވަމުންދާ އެޑެކްސެލް އިންޓަރނޭޝަނަލް އޭ އެސް އަދި އޭ ލެވެލް އިމްތިޙާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ އެސް އަދި އޭ ލެވެލް އިންތިޙާން ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި 2022/2023 ގެ ދިރާސީ އަހަރު ކިޔަވަންފަށާ ދަރިވަރުން ކިޔަވާނީ ކެމްބްރިޖް އޭ އެސް ލެވެލް ސިލަބަހަށެވެ. ކެމްބްރިޖް އޭ އެސް ލެވެލްގެ އިމްތިޙާން އޮންނާނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު/ ނޮވެމްބަރުގައެވެ. އެ މިނިސްޓްރީން ބުނީ، މިގެނައި ބަދަލާއެކު ކެމްބްރިޖް އިންޓަރނޭޝަނަލް އޭލެވެލްއަށް ކިޔަވައިދޭން ފަށާނީ 2024/2025 ވަނަ އަހަރު ދިރާސީ އާ އަހަރާއެކުގައެވެ. އިމްތިޙާން އޮންނާނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައެވެ.

މި ބަދަލާއެކު މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދާ އަދި މ އަހަރު މަތީ ސާނަވީގެ ގުރޭޑް 11ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިޙާންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *