ޖަލާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ނިޔާޒު

ނިޔާޒު(މ) ޖަލާލުއްދީނަށް މިއަދު ނުކުންނެވުމުން، އެ ސްކޫލުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި- ފޮޓޯ: ޖަލާލުއްދީން ސްކޫލް

ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް އަހުމަދު ނިޔާޒު ހަމަޖައްސައިފިއެވެ. ނިޔާޒު މިއަދު އެ ސްކޫލަށް ނުކުންނެވުމުން ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.

ނިޔާޒު އެންމެ ފަހުން ހުންނެވީ ހދ. އަތޮޅު ތަޢުލީމީމަރުކަޒުގެ އިކޮނޮމިކްސް ޓީޗަރަކަށެވެ. އެޑިއުކޭޝަން ދާއިރާއިން މާސްޓަރސްއަށް ކިޔަވާވިދާޅުވެފައިވާ ނިޔާޒު ވަނީ ށ. ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލްކަމުގެ މަގާމް 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އަދާކުރައްވާފައެވެ.

ޖަލާލުއްދީން ސްކޫލުގައި ޑެޕިއުޓީ ޕްރިންސިޕަލަކު އެންމެ ފަހުން ހުންނެވީ 2018 ވަނަ އަހަރުއެވެ.

އަށް ސަތޭކައެންހާ ދަރިވަރުން ކިޔަވަމުންދާ ޖަލާލުއްދީން ސްކޫލުން ދަނީ ކިޔެވުމާއި ކުޅިވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *