މި އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ނަތީޖާ އިއްޔެ އާންމުކޮށްފައިވާއިރު، ފުވައްމުލަކު ސިޓީގެ ހަތަރު ސްކޫލަކުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަދަދަކީ ވިއްސެވެ. ޤައުމީ ގަދަ ދިހައެއްގައި މިދިޔަ އަހަރު ހިމެނުނީ 21 ދަރިވަރުންނެވެ.
ޤައުމީ ގަދަ ދިހައެއްގައި އެންމެ ގިނައީ ޏ. އަތޮޅު ތަޢުލީމީމަރުކަޒުގެ ދަރިވަރުންނެވެ. އެ މަރުކަޒުގެ 13 ދަރިވަރުން ގަދަ ދިހައެއްގައި ވަނީ ހިމެނިފައެވެ.
ގަދަ ދިހައެއްގައި ޏ. އަތޮޅު ތައުލީމީމަރުކަޒުގެ ދަރިވަރުން ހިމެނުނީ، ދެވަނައިގައި އެއް ދަރިވަރު، ތިންވަނައިގައި އެއް ދަރިވަރު، ހަތަރުވަނައިގައި ތިން ދަރުވަރުން، ފަސްވަނައިގައި ދެ ދަރިވަރުން، ހަވަނައިގައި އެއް ދަރިވަރު، ހަތް ވަނައިގައި ދެ ދަރިވަރުން، ނުވަވަނައިގައި އެއް ދަރިވަރުން، ދިހަވަނައިގައި ދެ ދަރިވަރުންނެވެ.

އެ ސްކޫލްގެ ނަތީޖާއަށް ބަލާއިރު، ކެމިސްޓްރީ، ފިޒިކްސް، ކޮމްޕިއުޓަރ ސައިންސް މާއްދާގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ ފާސްވެފައެވެ. އިސްލާމް މާއްދާއިން 98 އިންސައްތަ، ދިވެހިން މާއްދާއިން 84 އިންސައްތަ ދަރިވަރުން ފާސްވެފައިވެއެވެ. އެންމެ މަދުން ދަރިވަރުން ފާސްވީ ހިސާބާއި އެކައުންޓުންނެވެ. ހިސާބު މާއްދާއިން ފާސްވި އަދަދު 63 އިންސައްތައިގައި ހުރިއިރު، އެކައުންޓިން މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 64 އިންސައްތައެވެ.
ޤައުމީ ގަދަ ދިހައެއްގައި މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ ހަތަރު ދަރިވަރުން ހިމެނުނެވެ. އެ ދަރިވަރުން ހިމެނުނީ، ފަސްވަނަ، ހަ ވަނަ އަށްވަނައިގެ އިތުރުން ނުވަ ވަނައިގައެވެ.
އެ ސްކޫލުން ބުނީ، މެރިންސައިންސް، އިކޮނޮމިކްސް، އެކައުންޓިންގ ފިޒިކްސް އިން ހުރިހާ ދަރިވަރުން ފާސްވެފައިވާ ކަމަށެވެ. އިސްލާމުން 90 އިންސައްތަ ދަރިވަރުން ފާސްވިއިރު، ދިވެހިން ފާސްވި ދަރިވަރުންގެ އަދަދަކީ 86 އިންސައްތައެވެ. އެންމެ މަދުން ދަރިވަރުން ފާސްވީ ބިޒްނަސްއިންނެވެ. އެ މާއްދާއިން ފާސްވީ 57 އިންސައްތަ ދަރިވަރުންނެވެ.

ފުވައްމުލަކު ސްކޫލުން ދެ ކުދިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އެއީ އަށްވަނައާއި ނުވަވަނައިގައެވެ.
ޤައުމީ ގަދަ ދިހައެއްގައި ހާފިޒު އަހުމަދު ސްކޫލުން ހިމެނުނީ އެންމެ ދަރިވަރެކެވެ. އެ ސްކޫލުން ބުނީ، ފަސް މާއްދާއިން ފާސްވި އިންސައްތައާއެކު އެ ސްކޫލް ދިޔައީ ފުވައްމުލަކުގެ ސްކޫލްތަކުގެ ތެރެއިން އެއްވަނަ އަށް ކަމަށެވެ.

ސާނަވީ އިމްތިޙާނުގައި އެ ސްކޫލުން ބައިވެރި ހުރިހާ ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައެވެ. އެއީ އެކައުންޓީންގ، ވިޒްނަސް، ކެމިސްޓްރީ، އިކޮނޮމިކްސް، ޓްރެވެލް އެންޑް ޓޫރިޒަމެވެ. އެންމެ ދަށުން ދަރިވަރުން ފާސްވީ ހިސާބުންނެވެ. އެ މާއްދާއިން ފާސްވީ 55 އިންސައްތަ ދަރިވަރުންނެވެ.
advertisment
ހިޔާލު