މިއަހަރު ބޭއްވި އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިޙާނުގައި އައްޑޫގައި ހުންނަ ހިރާ ސްކޫލުން ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފިއެވެ. އެ ސްކޫލުގެ ދަރިވަރުން ވަނީ ފުރަތަމަ ފަހަރަށް އޯލެވެލްގައި ބައިވެރިވެ، އޭ އާއި އެ ސްޓަރ ހޯދާފައެވެ.
އެ ސްކޫލުން އޯލެވެލްގައި ބައިވެރިވީ ހަތް ދަރިވަރުންނެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވިދާޅުވީ އެ ސްކޫލުން އޯލެވެލްގައި ހޯދި ކާމިޔާބާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، އެ ސްކޫލްގެ މައިގަނޑު އަމާޒަކީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރުމެވެ.
" އަޅުގަނޑުމެންގެ މައިގަނޑު ފޯކަސްއަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކޮށްދިނުން. އޯލެވެލްއަކީ ބެލެނިވެރިންގެ ވަރަށްބޮޑު ޓާގެޓެއް. ބެލެނިވެރިން ބޭނުންވި ނަތީޖާ ވެސް އަޅުގަނޑުމެންނަށް ހޯދާދެވިއްޖެ" ސިތާރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގުރޭޑް ދިހައެއްގައި ކިޔަވަމުން ދިޔައީ ނާސަރީން ފެށިގެން ކިޔަވަމުން އައި ދަރިވަރުން ކަމަށާއި، އޭރު 15 ދަރިވަރުން ތިބި ނަމަވެސް އޯލެވެލްއާ ހަމައަށް ދިޔައިރު ތިބީ ހަތް ކުދިން ކަމަށެވެ.
ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް ހިރާ ސްކޫލްގައި 400 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެ ސްކޫލަކީ ހިރާ ފައުންޑޭޝަންގެ ދަށުން އަމިއްލަ ބަޔަކު ހިންގަމުންގެންދާ ސްކޫލެކެވެ.
advertisment
ހިޔާލު