މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބާއްވާ ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގެ އެވޯޑް ދިނުމަށް ބާއްވާ ހަފުލާއަށް ޔުނީފޯމް ލައިގެން އައުން މަޖުބޫރެއް ނޫން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބެލެނިވެރިންގެ ސަމާލުކަމަށް ކުރިން ގެނެސްފައި ވަނީ، މިހާރު ސްކޫލްގައި އުޅޭ ދަރިވަރުން ހަފުލާއަށް ދާނީ ޔުނީފޯމްގައި ކަމަށެވެ. ނަމަވެސް ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު އެއީ މަޖުބޫރުކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ
" ޓޮޕް އެޗިވަރސް ޖަލްސާގައި ބައިވެރިވާ ދަރިވަރުން ސްޓޭޖަށް އަރާއިރު ސްކޫލް ޔުނީފޯމުގެ ބަދަލުގައި ކުލަ ހެދުންވެސް ބޭނުން ކުރެވިދާނެއެވެ. ޔުނިފޯމު ލައިގެން ޖަލްސާއަށް އަންނަން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތުވެސް އޮތް ކަމުގައި ދަންނަވަމެވެ" އެވޯޑް ލިބޭ ދަރިވަރުންގެ ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.
20/21 ގެ ސާނަވީ އިމްތިޙާން ނިންމި ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގައި 700 އެންހާ ދަރިވަރުން ހިމެނެއެވެ. އެހާ ގިނަ އަދަދެއްގެ ދަރިވަރުނަށް އެއް ހަފުލާއެއްގައި އިނާމް ދިނުން ދަތިވުމާއެކު އެ ހަފުލާ ވާއްވަނީ ދެ ރެއެއްގެ މަތިންނެވެ.
އެވޯޑް ހަފްލާ އޮންނާނީ ދަރުބާރުގޭގައެވެ.
advertisment
ހިޔާލު