ރެހެންދި ސްކޫލުގެ ދަރިވަރުން އަޞްރު ނަމާދު ޖަމާއަތުގައި ކުރަނީ

ދިރާސީ އާ އަހަރު ފެށި ދުވަހު ރެހެންދި ސްކޫލްގެ ދަރިވަރުން ފަތިސްނަމާދު ޖަމާއަތުގައި ކުރަނީ: މީގެ ފަހުން ސްކޫލް އޮންނަ ކޮންމެ ދުވަހަކު ދަރިވަރުން އަޞްރު ނަމާދު ކުރާނީ ސްކޫލްގައި

ރެހެންދި ސްކޫލްގެ މެންދުރު ދަންފަޅީގައި ކިޔަވާ ހުރިހާ ދަރިވަރުން ޖަމާއަތުގައި އަޞްރު ނަމާދުކުރަން މިއަދު ފަށައިފިއެވެ.

ޖަމާއަތުގައި ނަމާދުކުރާނީ މެންދުރު ދަންފަޅީގައި ކިޔަވަމުންދާ ގުރޭޑް ދޭކުން ފެށިގެން ގުރޭޑް ހައެއްގެ ދަރިވަރުންނެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުން ބެލެނިވެރިންނަށް އަންގާފައިވަނީ، ކޮންމެ ދުވަހަކު ވެސް ކިޔަވަން އަންނައިރު، މެންދުރު ނަމާދުކުރުވުމާއެކު ވުޟޫކޮށް، މުސައްލައާއި އެންހެން ކުދިން ނަމާދުކުރަން ބޭނުންވާ ނަމާދު ދޮޅި ނަންޖެހުމަށްފަހު ސްކޫލަށް ފޮނުވުމަށެވެ.  އަދި އެކަށީގެންވާ ސާފުތާހިރު އިސްޓާކީނަކަށް ދަރިވަރުން އެރުވުމަށާއި، ބޫޓްލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ދީފައި ފޮނުވުމަށް ވެސް އެ ސްކޫލުން ބެލެނިވެރިންގެ ކިބައިން އެދިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *