ދެ ރެއަކަށް ބަހާލައިގެން އޯލެވެލްގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންނަށް އިނާމްދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައި، އެކަން ދަރިވަރުންނަށް އަންގައިފިއެވެ.
20/21 ވަނަ އަހަރު އޯލެވެލްގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންގެ ބެލެނިވެރިންނަށާއި ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 24އާއި 25 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައެވެ.
އޭގައި ބުނެފައިވާ ގޮތުގައި، ސްކޫލްތަކުގައި މިހާރު ކިޔަވަމުންދާ ދަރިވަރުން ހާޒިރުވާނީ އެކުއްޖަކު މިހާރު އުޅޭ ސްކޫލްގެ ޔުނީފޯމުގައެވެ. ސްކޫލްގައި ނޫޅޭ ދަރިވަރުން ލާނީ މުނާސަބަތާ ގުޅޭ ހެދުމެކެވެ.
ގަދަ ދިހައެއްގެ އިތުރުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދާ ދަރިވަރުންނާއި މުޅި ދުނިޔެއިން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް މި ޖަލްސާގައި އިނާމްދޭނެއެވެ.
ކޮވިޑްއާ ގުޅިގެން އޯލެވެލް ބޭއްވީ 2021 ވަނަ އަހަރުގެ މެއި/ޖޫންގައެވެ.
advertisment
ހިޔާލު