އިންޓަރ ސްކޫލް ކުރިކެޓް ކާމިވަލުން ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ފަށާ ގޮތަށް ނިންމައި، އެކްޓިވިޓީ ކަލަންޑަރު އެޑިޔުކޭޝަން މިނިސްޓްރީން ނެރެފިއެވެ.
ކޮވިޑް 19އާ ގުޅިގެން، ކުޅިރު ހަރަކާތްތައް އޮތީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކާއެކު މަޑުޖައްސާލާފައެވެ. އެ ހަރަކާތްތައް މި ފަށަނީ ދިރާސީ އާ އަހާރާއެކުގައެވެ. ފުރަތަމަ މުބާރަތް ފަށަނީ މާލޭ ޒޯނުގެ ސްކޫލްތަކަށް އަމާޒުކޮށް އިންޓަރ ސްކޫލް ކުރިކެޓް ކާލިވަލުންނެވެ. މި ހަރަކާތް ފަށާނީ އަންނަ ހުކުރު ދުވަހުއެވެ. މި މަހުގެ ތެރޭގައި ފަސް މުބާރާތެއް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި އެތްލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯލް، ފެތުން ހިމެނެއެވެ.
42 މުބާރާތެއް ބާއްވަން ކުޅިވަރު ކަލަންޑަރުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ބާއްވާ ފަސް މުބާރާތާއި، މާލޭގެ ޒޯނުގެ ސްކޫލްތަކަށް ޚާއްޞަ 15 މުބާރާތެއް ހިމެނެއެވެ. ދެން ހިމެނެނީ ޒޯންތަކަށް ޚާއްޞަ މުބާރާތްތަކެވެ.
ކުޅިވަރު ކަލަންޑުގައި ހިންގަން ހިމަނާފައިވާ މުބާރާތްތަކުގެ ތެރޭގައި ފުޓްބޯޅަ، ފެތުން، ބެޑްމިންޓަން، އެތްލެޓިކްސް، ބާސްކެޓް، ނެޓްބޯލް ހިމެނެއެވެ. މީގެ އިތުރުން ބއިސިކަލް އެސޯސިއެޝަނުން އިންތިޒާމް ކުރާ މަމެން އިންޓަރ ސްކޫލް ބައިސިކަލް ޗެމްޕިއަންޝިލް ބާއްވަން ވަނީ ކަލަންޑަރުގައި ހިމަނާފައެވެ. އެ މުބާރާތް ބާއްވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހުއެވެ.
advertisment
ހިޔާލު