ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުން ހޯދައިދޭން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މި އެއްބަސްވުމުގައި ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެއެވެ އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ފަރާތުން ސޮއި ކުރެއްވީ އޮފިސަރ އިންޗާރޖް ކްލިނިކަލް ސާރވިސް ކެޕްޓަން ޑރ. ޝިފްލާ އަބްދުލް ލަތީފެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން ހިންގަމުންގެންދާ ޑޮކްޓަރ އޮފް މެޑިސިން ކޯހުގެ ދަރިވަރުންގެ ފުރަތަމަ ދެ އަހަރުގެ (ޕްރީ ކުލިނިކަލް އަހަރުތަކުގެ) އަމަލީ ތަޖުރިބާގެ ތަމްރީނުތައް ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމެވެ. މި އެއްބަސްވުމުގެ ދަށުން، ދަރިވަރުން ލިބިގަންނާނެ ތަޖުރިބާގެތެރޭގައި ބަލިމީހުންނާއި މުއާމަލާތް ކުރުމުގެ ހުނަރުތަކާއި، ބަލިދެނެގަންނަން މައުލޫމާތުހޯދާނެގޮތް ދަސްކުރުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ދަރިވަރުންގެ ކިޔެވުމުގެ ތިން ވަނަ އަހރު ފެށޭ ކްލިނިކަލް މާއްދާތައް ކިޔަވަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ހޯދާ ތަޖުރިބާއެވެ.
މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް ކިޔަވައިދޭނީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ޑޮކްޓަރުން ކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމާތު ދެއެވެ.
advertisment
ހިޔާލު