ކޮންމެ ދުވަހަކު 15 މިނިޓް ސާފުކުރުމުގައި

ދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ދަރިވަރުން ކުލާސް ސާފުކުރުމުގެ މަސައްކަތުގައި: ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުދިން އެފެއްދުމަށް ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރަންޖެހޭ- ފޮޓޯ: ދ. އަތޮޅު ތަޢުލީމީމަރުކަޒު

ސްކޫލްގެ ކިޔެވުން ނިމޭ ރަނގަބީލު ޖެހުމަށްފަހު، ދެން ލިބޭ 15 މިނިޓަކީ ކުލާސް ރޫމް ސާފުކުރަން އޮންނަ ވަގުތެވެ. ދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ގުރޭޑް އެކަކުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކޮންމެ ދަރިވަރަކު ވެސް ދުވަހީ މަސައްކަތުގެ ތެރޭގައި ކުލާސް ރޫމް ސާފުކުރުން މިހާރު އޮންނަނީ ހިމަނާފައެވެ.

ކުލާސްރޫމް ސާފުކޮށް ބެލެހެއްޓުމަށް ޚާއްޞަ ޕްރޮގްރާމެއް އެ ސްކޫލުން ފެށީ ދިރާސީ އާ އަހަރާއެކުގައެވެ. ފާއިތުވި ތިން ދުވަހު ދަރިވަރުންގެ ފަރާތުން ފެނުނީ އެކަމަށް އޮތް ޝަޢުޤެވެ. އެކަމަށް ބަހައްޓާ ފަރުވާތެރިކަމެވެ. މިއީ ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރުމުގެ ގޮތުން އެ މަރުކަޒުން ފެށި މުހިންމު ޕްރޮގްރާމެކެވެ.

" އަޅުގަނޑުމެންނަށް ފެނުނީ ވަރަށް މުހިންމު ބޭނުންތެރި ކަމެއްގެ ގޮތުގައި. ބައެއް ކަހަލަ ކޮމެންޓުން ޓީޗަރުންގެ ފަރާތުން ވެސް ލިބޭ. އެކަންތައް ރަނގަޅު ކުރަމުންދާނީ" ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ހަމްޒަތު ދޮމްމަނިކު ވިދާޅުވިއެވެ.

ހަމްޒަތު ވިދާޅުވީ، ކުދިން ލައްވައި، ކުލާސް ރޫމް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ، ކުދިންނަށް އެއީ ކިހާ މުހިންމު ކަމެއްކަން އަންގައިދިނުމާއި، އުޅޭ މާހައުލު ސާފުކޮށް ބެހެއްޓުމަކީ އެކީ ކޮންމެ ކުއްޖެއްގެ ވެސް ޒިންމާއެއްކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ.

" އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބެލިވެރިންގެ ފަރާތުން އެކަމަށް ދިން ތަރުޙީބާއި އެއްބާރުލުން" ހަމްޒަތު ފާހަގަކުރެއްވިއެވެ.

ކުލާސްރޫމްތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ގުރޫޕްތަކަށް ބަހާލައިގެންނެވެ. އެއްގުރޫޕަކުން ކުލާސްތެރެ ކުނިކަހައި ސާފުކުރާނަމަ އެނެއް ގުރޫޕަކުން ކުލާސް ރޫމުގައި މޮޕްލާނެއެވެ. މޭޒާއި ގޮނޑި ސާފުކުރުމް އޮންނަނީ އެ ބޭނުންކުރާ އެކުއްޖެއްގެ ޒިންމާއެއްގެ ގޮތުގައެވެ.

ދަރިވަރުންގެ މި މަސައްކަތަށް އެހީތެރިވެ، ހިތްވަރު ދިނުމުގެ ގޮޔުން ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ސާފުކުރަން ބޭނުންވާ ބައެއް ސާމާނު ވަނީ އެ ސްކޫލަށް ހަދިޔާ ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *