ފުނަދޫ ސްކޫލްގެ ސުމޭކު ޕްރޮގްރާމަށް ފެނަކައިން ފަސް ޓީވީ ހަދިޔާކޮށްފި

ފުނަދޫ ސްކޫލް ސުމޭކު ( ޑިޖިޓަލް) ޕްރޮގްރާމަށް ފެނަކައިން ފަސް ޓީވީ ހަދިޔާކޮށްފިއެވެ.
ސެމޭކް ޕްރޮގްރާމަކީ އެ ސްކޫލްގެ ރަންޔޫބީލް ހަރަކާތްތަކުގެ ތެރެއިން ފިޔަވަހި ތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ހުރިހާ ކުލާސް ތަކެއްގައި ޓީވީ ހަރުކޮށް، ވައިފައި ލިބޭނެ އިންތިޒާމް ހަމަޖައްސަން ވަނީ ނިންމާފައެވެ.
ފުނަދޫ ސޫލްގެ ޕްރިންސިޕަލް ފާތިމަތު ހަފުސާ ދަރިވަރު ނޫހަށް ވިދާޅުވީ، ފެނަކައިން ދިން އެހީތެރިކަމާއެކު، 35 ކުލާސް ސުމޭކު ކުރަން ދެން ބޭނުން ވަނީ ހަތް ޓީވީކަމަށެވެ.
" އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އިތް ދެތިން މަސްތެރޭގައި ފުރަތަމަ ފިޔަވަހި ނިންމާލެވޭނެ ކަމަށް" ހަފުސާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ކުލާސްތައް ސުމޭކު ކުރުމަށްފަހު، އޮފީހާއި ސްޓާފު ރޫމްވެސް ސުމޭކު ކުރަން ނިންމާފައިވާ ކަމަށެވެ.
"ފިޔަވަހި ތަކަށް ބަހާލައިގެން މި ގެންދަނީ" 700 އެންހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *