ކުޅުފުއްފުށީ ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޝަ ދުވުމެއް ބާއްވަން އެ ސްކޫލުން ނިންމައިފިއެވެ.
މި ދުވުން ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.
އަފީފުއްދީން ސްކޫލުން ބުނީ، އެ ދުވުމުގައި އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށެވެ. މި ދުވުމުގައި ބައިވެރިވާ އެ ސްކޫލްގެ ދަރިވަރުންނާއި އަދި އެހެން ސްކޫލްގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި ސްކޫލްގެ މުވައްޒަފުންގެ ތެރެއިން އެންމެ ބާރަށް ދުވާ ދިހަ ފަރާތަށް ޓްރޮފީ ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކޮންމެ ކެޓަގަރީއަކުން ވެސް އެންވަނަ ދެވަނަ ތިންވަނަ ހޮވައި، ޓްރޮފީ ދޭނެއެވެ.
މި ދުވުމުގައި ބޭނުންކުރާނެ ބިބް މިއަދާއި މާދަމާ އެ ސްކޫލުން ވިއްކާނެ ކަމަށެވެ. ބިބް ވިއްކަނ ދަރިވަރުންނަށް 20 ރުފިޔާއަށެވެ. އާންމު ފަރާތްތަކަށް 50ރުފިޔާއަށެވެ. ރީތި ނަމްބަރު ބިބެއް 100 ރުފިޔާއަށެވެ. އެންމެ ގިނަ ބިބް ވިއްކި ފަރާތަށާއި އެންމެ ގިނަ ބިބް ގަތް ފަރާތުގެ އިތުރުން އެންމެ އަގުބޮޑުކޮށް ބިބް ގަތް ފަރާތަށް ވެސް މެޑަލް ދޭން ވަނީ ނިންމާފައެވެ.
advertisment
ހިޔާލު