މަތީ ތަޢުލީމަށް ކިޔަވަން ހަތް ސްކޮލަރޝިޕް އެމްޕީއެލްއިން ދެނީ

މަތީ ތަޢުލީމަށް ކިޔަވަން ހަތް ސްކލަރޝިޕް ފުރުޞަތު ދޭން އެމްޕީއެލްއިން ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

މި ހަ ސްކޮލަރޝިޕްގެ ތެރޭގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ދޭ ކޯޕަރޭޓިވް ސްކޮލަރޝިޕް ހިމެނެއެވެ. ކޮޕަރޭޓިވް ސްކޮލަރޝިޕް ދެނީ، އެ ކުންފުނީގެ މަސައްކަތުގެ ދާޢިރާގެ ތެރެއިން މަތީ ތައުލީމަށް ކިޔަން، މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނޭ ދަރިވަރަކަށެވެ. މި ސްކޮލަރޝިޕަށް އެމްޕީއެލްއިން ޚަރަދުކުރާއިރު، ސްކޮލަރޝިލްދޭ ފަރާތް ކަނޑައަޅަނީ ހަޔަރއެޑިޔުކޭޝަން މިނިސްޓްރީންނެވެ. އެ މިނިސްޓްރީއާއެކު އެމްޕީއެލްއިން ވަނީ އެކަމާގުޅޭ އެމްއޯޔޫއެއްގައި މިއަދު ސޮއި ކުރައްވާފައެވެ.

އިތުރު ހަ ސްކޮލަރޝިލް މިއަހަރު ދޭއިރު، އެ ސްކޮލަރޝިޕް ދެނީ އެމްޕީއެލްއަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަންދީގެންނެވެ. އޭގެތެރޭގައި ޕޯޓް އޮޕަރޭޝަން ދާއިރާއާއި ޕޯޓް ސޭފްޓީގެ ދާއިރާއާއި ފައިނޭންސް ދާއިރާގެ އިތުރުން އިންޖިނިއަރިންގެ ދާއިރާތައް ހިމެނެއެވެ.

މި ދާއިރާތަކުން މަތީ ތަޢުލީމަށް ކިޔަވާ ފަރާތްތައް ކަނޑައަޅަނީ އެ ކުންފުނިންނެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވީ މި ސްކޮލަރޝިޕްތަކަކީ މީހުން ބިނާކުރުމަށް އެކުންފުންޏަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *