"އެލައިޑު އެޑިޔުކޭޝަން ފަންޑު" ތައާރަފުކޮށްފި

"އެލައިޑު އެޑިޔުކޭޝަން ފަންޑު" ތައާރަފުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގެ ތެރެއިން- ފޮޓޯ އެލައިޑް އިންސުއަރެންސް

ސަރުކާރުގެ އިންސުއަރަންސް ކުންފުނިން " އެލައިޑް އެޑިޔުކޭޝަން ފަންޑު" މިއަދު ތަޢާރަފުކޮށްފިއެވެ. އެޑިޔުކޭޝަންގެ އިތުރުން "އެލައިޑް ކޮމިއުނިޓީ ފަންޑް" ވެސް މިއަދު ވަނީ ތައާރަފުކޮށްފައެވެ.

އެލައިޑްގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފު ކުރި އެޑިޔުކޭޝަން ފަންޑުން އެހީ ފޯރުކޮށް ދޭނީ، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތައް ހުށަހަޅައިގެންނެވެ.

އެލައިޑުގެ ކޮމިއުނިޓީ ފަންޑުން އެހީ ފޯރުކޮށްދެނީ ހަ ދާއިރާއަކުން ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ކަނޑައަޅާފައިވާ ހަ ދާއިރާއަކީ، ސިއްހީ ދުޅަހެޔޮކަމާއި އިޖުތިމާއީ ހިދުމަތާއި ތިމާވެށި ރައްކާތެރިކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ އިތުރުން ތައުލީމާއި ތާރީހެވެ.

އެލައިޑް ތަޢުލީމީ ފަނޑުން އެހީ ދިނުމުގައި ސްކޫލްތަކުގެ ލައިބްރަރީގެ ކުރިއެރުމާއި، ޓީޗަރުންނަށް ކިޔަވައިދޭން ބޭނުންކުރެވިދާނެ އާލާތްތަކާއި ޓީޗަރުންނާއި ދަރިވަރުންގެ ކުރިއެރުމަށް ކުރެވިދާނެ ކަންތައްތަކަށް ބަލާނެ ކަމަށެވެ. ހުށަހަޅާ ޙިޔާލުތަކުގެ ތެރެއިން އެންމެ ރަނގަޅު ޚިޔާލު ހުށަހަޅާ އަށް ފަރާތަކަށް 25،000 ރުފިޔާގެ މާލީ އެހީތެރިކަން އެކުންފުނިން ދޭނެއެވެ. ތައުލީ ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ ސަރުކާރުގެ ސްކޫލްތަކަށް އެކަންޏެވެ.

މި ފަންޑުގެ ދަށުން އެހީ ހޯދަން ހުށަހަޅަންޖެހެނީ މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 ކުރިން އެކުންފުނީގެ އީމެއިލް educationfund@allied.mv މެދުވެރިކޮށެވެ. ކޮމިއުނިޓީ ފަންޑުން އެހީއަށް އެދި ހުށަހަޅަން ޖެހެނީ communityfund@allied.mv އީމެއިލް އަށެވެ.

އެލައިޑުން ބުނީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހަތަރު ފަރާތަށް، ކޮންމެ ފަރާތަކަށް 50،000 ރުފިޔާގެ މާލީ އެހީ ދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *