ނ. ފޮއްދޫ ސްކޫލަށް ހަތަރު ކުލާސްރޫމް އިތުރުކުރަން ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަށް އެ ކުންފުނިން ހުށަހަޅާފައި ވަނީ 4.7 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ނިންމަން އެކުންފުނިން އެއްބަސްވެފައި ވަނީ 110 ދުވަހުގެ ތެރޭގައެވެ.
އެޑިޔުކޭޝަން މިނިސޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ހަތަރު ކުލާސް ރޫމް އެޅުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީން ސޮއިކުރެއްވީ، ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިންއެވެ.
advertisment
ހިޔާލު