ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންއަކަށް، ދެވަނަ ދައުރަކަށް ވެސް އާސިމް

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން ކަމުގެ މަގާމަށް އެ މަގާމުގައި މިހާރުވެސް ހުންނެވި އާސިމް އަބްދުއް ސައްތާރު އައްޔަނުކުރައްވައިފިއެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ހެނދުނު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އާސިމް އަށް ޑީންކަމުގެ މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

އެ ލިޔުން އާސިމްއާ ހަވާލުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަރީފެވެ.

ފެކެލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމަށް އާސިމް އައްޔަން ކުރެއްވީ،

ފެކަލްޓީ އޮފް އާރޓްސްގެ ޑީން ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ، 2018 ވަނަ އަހަރުއެވެ. އެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ. އާސިމް ވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަކްކަން ވެސް ކުރައްވާފައެވެ.

އެޑިޔުކޭޝަން ދާއިރާއިން މާސްޓަރސް ޑިގްރީ އާސިމް ހާޞިލްކުރެއްވީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީގެ އެޑިތު ކޮވަން ޔުނިވާސިޓީންނެވެ.

އާސިމް ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީގެ އެޑިތު ކޮވަން ޔުނިވާސިޓީން އެޑިއުކޭޝަން އިން މާސްޓާސްވެސް ހާސިލްކުރައްވައިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *