އޭޝިޔަން ކަރާޓޭ ޗެމްޕިއަންޝިޕުނ ރާއްޖެއަށް 17 ރަންމެޑަލް

އިންޑިއާގެ ޓެމިލްނާޑޫގައި ބޭއްވި "ކަރާޓޭ އެންޑް ސިލޭމްބަމް އޭޝިއަން ޗެމްޕިއަންޝިޕް" ގައި ރާއްޖެއިން 17 ރަންމެޑަލް ހޯދައިފިއެވެ.

މި މުބާރާތުގައި ހަތް ރިހި މެޑަލާއި 16 ލޯ މެޑަލް ވެސް ރާއްޖެއިން ހޯދާފައިވެއެވެ.

މި މުބާރަތުގައި 14 އެތުލީޓުން ރާއްޖެއިން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ނުވަ ދަރިވަރުންނާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރުންގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ދަރިވަރެކެވެ. ޣިޔާސުއްދީނުގެ ނުވަ ދަރިވަރުން ވަނީ 12 ރަންމެޑަލް ހޯދާފައެވެ.

ރާއްޖޭގެ ކަރާޓޭ ޓީމް، ރާއްޖެއިން ބޭރުގެ މުބާރާތެއްގައި ބައިވެރިވީ މިފަހަރު އެކަންޏެވެ.

މި މުބާތުގައި ބައިވެރިވެފައި ވަނީ ރާއްޖޭގެ އިތުރުން އިންޑިޔާގެ އެކި ސްޓޭޓްތަކަށް ނިސްބަތްވާ ޓީމުތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *