މަޖީދިއްޔާ ސްކޫލްގެ ވަށާފާރު ރާނަން ވެލްޓްރޭޑިންގއާ ހަވާލުކޮށްފިއެވެ.
ސާޅީސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަނީ 1.1 މިލިއަން ރުފިޔާއަށެވެ.
މަޖީދިއްޔާގެ ފާރު ރޭނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް ޑިރެކްޓަރ އަބްދުﷲ އާސިމެވެ.
މަޖީދިއްޔާ ސްކޫލްގެ ވަށާފާރު ރާނަނީ ދަރުމަވަންތަ ސްކޫލް ހުރި ބިމާ އެއްކޮށްލައިގެންނެވެ. އެތަނުން ބައެއް ވަނީ ޕާކިން ޒޯނެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
advertisment
ހިޔާލު