ވިލުފުށީ ކައުންސިލާ ގުޅިގެން އެރަށަށް ޚާއްޞަ ކޯސްތަކެއް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)އިން އިއުލާންކޮށްފިއެވެ.
އެންއެންޔޫގެ ދެ ފެކަލްޓީއަކުން ވަނީ އެރަށު ކައުންސިލާ ގުޅިގެން ފަސްކޯގެއް ހިންގަން އިއުލާންކޮށްފައެވެ. ފެކަލްޓީ އޮފް އާޓްސްއިން ހިންގަނީ ސެޓްފިކެޓް ތިނެކާއި އެޑްވާންސް ލެވެލްގެ އަރަބި ބަހުގެ ކޯހެކެވެ. ފެކަލްޓީ އޮފް ޝަރީޢާއިން ލޯ އިން ކުރިއަށް ގެންދަނީ ސެޓްފިކެޓް ލެވެލް 3 އިން ޖަނާއިޒު ކޯހަކާއި، އެޑްވާންސް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒްގެ އިތުރުން އެޑްވާންސް ސެޓްފިކެޓް ފޮރ އިމާމް އެންޑް ޚަތީބު ކޯހެކެވެ.
މި ކޯސްތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން 21 ޖުލައިގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ. ފޯމް ހުށަހެޅޭނީ އޮންލައިންކޮށް ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު