ސްކޫލްތަކުގެ ލެބޯޓްރީތަކަށް ބޭނުންވާ ކެމިކަލާއި އާލާތްތައް ހޯދަން އިއުލާންކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ކެމިކަލާއި އާލާތްތައް ހޯދަނީ 83 ސްކޫލަކަށެވެ. މި ސްކޫލްތަކުގެ ތެރޭގައި މާލޭގެ އަށް ސްކޫލް ހިމެނެއެވެ.
ކެމިކަލާއި އާލާތްތަކުގެ ބިޑް އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ 11 ޖަހާއިރު، ހުޅުވާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.
ދިރާސީ އާ އަހަރު އަންނަ މަހުގެ ހަތްވަނަ ދުވަހު ފަށާނެއެވެ. ހުޅުވަންވާއިރަށް ސްކޫލްތަކަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ގަތުމަށާއި، މުދައްރިސުން ހޯދަން ގިނަ ސްކޫލްތަކުން ވަނީ އިއުލާންކޮށްފައެވެ.
advertisment
ހިޔާލު