ރެހެންދި ސޭލް ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގައި ކުރިއަށް އެބަދެއެވެ. މިއީ އެ ސްކޫލްގެ ޕީޓީއޭއިން ކުރިއަށް ގެންދާ ސޭލެކެވެ.
ރެހެންދި ސްކޫލް ޕީޓީއޭ އަކީ އެ ސްކޫލު ތަރައްޤީކުރުމުގައި ފެށުނީއްސުރެ ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ.

2015 ވަނަ އަހަރުންފެށިގެން ނައިޓްމާކެޓް އާއި އެކިނަންނަމުގައި ސޭލް ހިންގުމާއި ބެޖްވިއްކުންފަދަ ތަފާތު ޙަރަކާތްތައް ހިންގައިގެން ފަންޑުހޯދުމަށްފަހު ، އެސްކޫލުގެ އުމުރާނީ ތަރައްޤީއަށާއި ކިޔަވައިދިނުމާ ސީދާ ގުޅުންހުރި ހަރަކާތްތަކުގެ އިތުރުން ޢުމުރާނީ ވަޞީލަތްތައް ޤާއިމްކޮށްދިނުމުގައި ނަމޫނާ ޕީޓީއޭ އެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މިގޮތުން ސްކޫލުގެ ހުރިހާ ކްލާސްރޫމެއްގައި މަލްޓިމީޑިޔާ ޕްރޮޖެކްޓަރ ބެހެއްޓުމާއި، ސްކޫލް ގްރައުންޑުގައި ޓާފު އެޅުމާއި، ކްލާސްރޫމުތަކުގެ ކައިރީ ހުރިހާ ފްލޯތަކެއްގައި އަތްދޮންނަ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ކުޑަކުދިންގެ ދުވަހާއި މުދައްރިސުންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުން ފަދަ ކަންކަން ވަނީ ކޮށްފައެވެ.

ކޮވިޑު 19 ގެ ސަބަބުން ޕީޓީއޭ ގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު އާހިތްވަރަކާއެކު ހަރަކާތްތައް ފެށިގެން ކުރިޔަށް ދާއިރު އެންމެ ޚާއްޞަކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އެ ސްކޫލުގެ ގޯތިތެރޭގައި ކުރިޔަށް ގެންދާ "ރެހެންދި ސްކޫލް 2022″ އެވެ.
މާލޭ ސަރަޙައްދުގެ ގިނަ ވިޔަފާރިވެރިން ބައިވެރިވެގެން ތަފާތުވައްތަރުގެ މުދާ ވަރަށް ހެޔޮ އަގުގައި ވިއްކަމުން ގެންދާ މިސޭލް މި ޖުލައިމަހުގެ 1ން 19އަށް ކޮންމެ ދުވަހަކު ހަވީރު 4:00ން ރޭގަނޑު 12:00 އަށް ކުރިޔަށް ދާނެއެވެ.

ނައިޓްމާކެޓާއި ސޭލްފަދަ ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ތަޖުރިބާ އާއެކު ވިޔަފާރިވެރިން މަޤުބޫލުކަން ހޯދާފައިވާ ރެހެންދި ސްކޫލުގެ ޕީޓީއޭއިން މިހާރު ކުރިޔަށްގެންދާ ސޭލްވެސް ކުރިޔަށްދަނީ ވިޔަފާރިވެރިންނާއި އެސްކޫލުގެ ޕީޓީއޭއާ ގުޅިގެން ވަރަށް ފޯރިއާއެކުގައެވެ.

އަންނައުނާއި ބަދިގެ ސާމާނާއި ފައިވާނާ ބޫޓްގެ އިތުރުން ރީތިވާ ސާމާނާފަދަ އެތައް އައިޓަމްތަކަކާއި ކާބޯތަކެތީގެ ގިނަ ސްޓޯލްތަކެއް ހެދިފައިވާ މިސޭލަށް މިހާރުވެސް ގިނަބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ. މި ސޭލުގައި ބައިވެރިވެ ގަންނަ ކޮންމެ އެއްޗަކީ ރެހެންދި ސްކޫލަށް ވެވޭ އެހީތެރިކަމެއް ކަމަށް އެ ސްކޫލުގެ ޕީޓީއޭއިން ބުނެއެވެ.
advertisment
ހިޔާލު