ނާލޯ އެސެންމަންޓް އެނަލައިޒްކޮށް ރިޕޯޓް ލިޔަން ޑރ ވިޝާލްއަށް

ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިންގ އައުޓްކަމްސް ( ނާލޯ)ގެ ޑޭޓާ އެނަލިސިސްކޮށް ރިޕޯޓް ލިޔަން ޑރ. ވިޝާލް މޫސާއާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަވާކުކުރައްވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ލޭމްޕް ގެ ދަށުން 2021 ވަނަ އަހަރުގެ ފަހުކޮޅު ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް (ކިޔު.އޭ.ޑީ) އިން ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް ޝާމިލްވާގޮތަށް ހިންގި ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިންގ އައުޓްކަމްސް ގެ އެސެސްމެންޓެއް ހަދާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މި އެސެސްމަންޓް ހެދީ ގްރޭޑް 4 އާއި 7 ގެ ދަރިވަރުންގެ ދިވެހި ބަސް، އިނގިރޭސި ބަސް، އަދި ހިސާބުގެ ފެންވަރު ހުރި މިންވަރު ދެނެގަތުމަށެވެ. މި އެސެސްމަންޓް ކުރިއަށް ގެންދިޔައީ ގްރޭޑް 4 އަދި 7 ގެ ދަރިވަރުންނާއި މުދައްރިސުންގެ ތެރެއިން ކޮންމެ ސްކޫލަކުން ނެގުނު ރެންޑަމް ސާމްޕަލް އަކުންނެވެ. މި އެސެސްމަންޓުގެ ނަތީޖާއަށް ބަލައި ސްކޫލްތަކުގައި މި މާއްދާތައް ކިޔަވަދިނުމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ ކުރިއަށް އޮތް ތަނުގައި ސްކޫލްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް "މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ޙިއްޞާވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *