" ބްރެއިން އައުޓް ޑޯ ޖިމް"އެއް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު "ރީޑިންގ ޕާކް" އުނގޫފާރު ސްކޫލުގައި

"ބްރެއިން އައުޓް ޑޯ ޖިމް" އަކާޢި އައުޓް ޑޯ ކުލާސްރޫމެއް ހިމެނޭހެން ރާއްޖޭގެ އެންމެ ބޮޑު "ރީޑިންގ ޕާކް" އުނގޫފާރު ސްކޫލްގައި ހުޅުވައިފިއެވެ. ޖޯލި މޯލްޑިވްސްގެ އެހީތެރިކަމާއެކު ތަރައްޤީ ކުރި މި ޕާކް ހުޅުވީ ހުސްވި ހަފުތާގެ ހޮނިހިރު ދުވަހުއެވެ.

އުނގޫފާރު ސްކޫލްގެ ގޯތިތެރޭގައި ހަދާފައިވާ މި ޕާކަކީ ގާތްގަޑަކަށް ފަނަރަހާސް އަކަފޫޓް ހިމެނޭ ސަރަހައްދެއްގައި ހަދާފައިވާ ރާއްޖޭގެ އެންމެ ހިތްގައިމު އެއް ޕާކެވެ.

މި ޕާކުގައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން " ޒޮންޑޯ ޒޯން" ގެ ނަމުގައި އައުޑް ޑޯ ކުލާސްރޫމެއް ތަރައްގީކޮށްފައެވެ. މި "ޒެންޑޯ ޒޯން"ގައި އެކުދިންގެ އުނގެނުމަށް ބޭނުންވާ ވަޞީލަތްތައް ގާއިމްކޮށްފައި ވެއެވެ.

އަދި ރާއްޖޭގައި ފުރަތަމަ " ބްރެއިން އައުޓް ޑޯ ޖިމް" ވެސް މި ޕާކުގެ ތެރޭގައި ވަނީ ގާއިމް ކޮށްފައެވެ. އުނގޫފާރު ސްކޫލުން ބުނެފައި ވަނީ އެ ޖިމްގެ ސަބަބުން ފޮތްތަކާ ނުލައި ދަރިވަރުންގެ ވިސްނުން ތަރައްގީ ކޮށްދޭނެ ޕުލެޓް ފޯމެއް ގާއިމް ކުރެވުނީ ކަމަށެވެ. މި ޖިމުން، ސިނކުޑިއަށް ތާޒާކަން ގެނުވައިދޭ ޚާއްޞަ ކުޅިވަރުތައް ކަމަށްވާ ރާޒުވާ، ޕަޒުލް، ރުބިކްސް ކިއުބު، ލުޑޯ،ސްކްރަބްލް ގޭމްތައް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޕާކުގެ ތެރޭގައި ފޮތް ކިޔުމަށާއި އިށީނުމަށް 26 ބެންޗް ވަނީ ބަހައްޓާފައެވެ. ބިޔަ ގަސްތައް ހިމެނޭހެން ތަފާތު ވައްތަރުގެ ގަސްތައް ޕާކުގައި ވަނީ ހައްދާފައެވެ. ރީޑިންގ ޕާކް ތަރައްޤީކުރަން 370،000 ރުފިޔާ ޚަރަދުވިއިރު، ގަސްއިންދުން ހިމެނޭހެން އެ މަސައްކަތަށް ޖޯލި މޯލްޑިވްސްއިން ބަނީ 20،000 ޑޮލަރުގެ އެހީއެއް ވެދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *