ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ސްކޫލްތަކުގެ ކައުންސެލަރުންނާއި ޓީޗަރުން ތަމްރީނުކޮށްފި

ފުރާވަރު އުމުރުގެ ކުދީންނަށް ބޭނުންވާ ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ދުނިޔެ އަދި ގައުމީ ފެންވަރުގައިވެސް މުހިއްމު ކަމެއް ކަމުގައި ފާހަގަކުރެވި، މަސައްކަތް ކުރެވެމުންދާ ކަމެކެވެ.
ފުރާވަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް ކުރިއެރުވުމަށް ޔުނިސެފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން ޚާއްސަ ޕްރޮގްރާމެއް ފަރުމާކޮށް ތަންފީޒު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް މެންޓަލް ހެލްތް ސަޕޯޓާއި ސޯޝަލް އިމޯޝަނަލް ލާރނިންގ ސްކިލްސް ދަސްކޮށް ދިނުމުގެ އިތުރުން ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕެކޭޖްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ. އަދި މިކަން ތަންފީޒު ކުރުމަށް ސްކޫލް ޓީޗަރުންނަށް ބޭނުންވާ ތަމްރީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން މި ޖޫން މަހުގެ 27 އިން 30އަށް ސްކޫލް ކައުންސެލަރުންނާއި ޓީޗަރުންނާއި ލީޑިންގ ޓީޗަރުން، މީގެ އިތުރުން ގުޅުންހުރި އެހެން މުއައްސަސާ ތަކުގެ ބައިވެރިން ހިމެނޭ ގޮތަށް ތަމްރީން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖުމްލަ 42 ބައިވެރިން ވަނީ މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.

މި ތަމްރީން ޕްރޮގްރާމްގައި ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ ޔުނިސެފް ރީޖަނަލް އޮފީހުގެ ކަމާ ގުޅޭ މާހިރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *