ދިރާސީ އަހަރެއް ނިމި، ސްކޫލްތައް ބަންދުކޮށް ދަރިވަރުންނަށް މިއަދުން ފެށިގެން ޗުއްޓީ ލިބުނީއެވެ. ހުރިހާ ސްކޫލެއްގައި ވެސް މިއަދު ވަނީ ރިޕޯޓް ފޯމް ދީފައެވެ. މިއަދުން ފެށިގެން ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައިވާއިރު، ދިރާސީ އާ އަހަރު ފެށޭނީ އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ. ނިމުނު ދިރާސީ އަހަރު، 199 ދުވަހު ކިޔަވައި ދިން ނަމަވެސް މި ފެށޭ ދިރާސީ އާ އަހަރު، 203 ދުވަހު ކިޔަވައިދޭނެއެވެ.
ފުރަތަމަ ޓާމްގައި ކިޔަވައިދެނީ 92 ދުވަހުއެވެ. ފުރަތަމަ ޓާމުގެ މުއްދަތަކީ 2022 އޮގަސްޓް 7ން 22 ޑިސެމްބަރު 2023ށެވެ. ދެވަނަ ޓާމްގައި ކިޔަވައި ދޭނީ 111 ދުވަހުއެވެ. އެއީ 2023 ޖެނުއަރީ 8ން 22 ޖޫން 2023 އަށެވެ.
15ސެޕްޓެމްބަރުގައި ގުރޭޑް އެގާރައިގެ އާ ބެޗްގެ ކިޔެވުން ފެށޭއިރު، ފަސް ދުވަހުގެ މިޑްޓާމް ބްރޭކް ލިބޭނީ އޮކްޓޯބަރު މަހުގެ 9ން 13އަށެވެ. ގުރޭޑް 10ގެ ދަރިވަރުންގެ ފައިނަލް ޓާމް އިމްތިޙާން އޮންނާނީ 13 ނޮވެމްބަރުން 1 ޑިސެމްބަރަށެވެ. ގުރޭޑް 7ން 9ގެ ފުރަތަމަ ޓާމް އިމްތިހާން އޮންނާނީ 27 ނޮވެމްބަރުން 15 ޑިސެމްބަރަށެވެ.
ފުރަތަމަ ޓާމުގެ ބަންދު ލިބެނީ 25 ޑިސެމްބަރުން ޖެނުއަރީ 5އަށެވެ. 22 ޖެނުއަރީން 9 ފެބުރުއަރީއަށް ގުރޭޑް އެގާރައިގެ ފުރަތަމަ ޓާމް ޓެސްޓް ކުރިއަށް ދާނެއެވެ.
ދެވަނަ ޓާމްގެ މިޑް ބްރޭކް ލިބެނީ އެޕްރީލް މަހުގެ 16އިން 20އަށެވެ. ގުރޭޑް 7ން 12 އަށް ދެވަނަ ޓާމުގެ ޓެސް އޮންނާނީ 28 މެއިން 15 ޖޫންއަށެވެ.
advertisment
ހިޔާލު