ދަރިވަރުން ދިވެހި ބަހަށް ޝަޢުޤުވެރިކުރުވުމަށް ތަފާތު ވައްތަރުގެ ދިވެހި ފޮތް ހޯދަނީ

ދަރިވަރުން ދިވެހި ބަހަށް ޝަޢުޤުވެރިކުރުވުމަށް ތަފާތު ވައްތަރުގެ ދިވެހި ފޮތް ހޯދަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާން ކޮށްފިއެވެ.

ގިނަ އަދަަދެއްގެ ދިވެހި ފޮތްތައް ހޯދަނީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން ގެމޯލްޑިވްސް ލާނިން އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓުގެ ތެރެއިންނެވެ. މި ޕޮރޮޖެކްޓްގެ ދަށުން 69 ވައްތަރެއްގެ ފޮތްތައް ހޯދަން އިއުލާން ކޮށްފައިވެއެވެ. ހޯދަން އިއުލާން ކުރި ފޮތްތަކުގެ ތެރޭގައި ކުޑަކުދިންގެ ވާހަކަ ފޮތާއި ދީނީ، އަދި އާއްމު މައުލޫމާތު ހިމެނޭ ފޮތްތައް ހިމެނެއެވެ.

ދިވެހި ބަހުގެ ފޮތްތައް ހޯދަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގުރޭޑް އެކަކުން ތިނެއްގެ ދަރިވަރުންނަށެވެ. ލިޓްރަސީ ނިއުމެރަސީއަށް އަމާޒުކޮށްގެން އެޑިޔުކޭޝަން މިނިސްޓްރީން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު، ސްކޫލްތަކުން ދަނީ ފޮތް ކިޔުމަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހި ފޮތްތައް ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ކުރިން ޝަޢުޤުވެރިވާ ފަރާތްތަކުން ކުރިމަތިލާންޖެހެއެވެ. އަދި ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ބައިވެރިވާ ފަރާތަކުން 30،000 ރުފިޔާ ދައްކަންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *