މިލަންދޫ ސްކޫލުގެ އަލިމަސްޔޫބީލްއާ ގުޅުވައިގެން އެރަށުގައި ބޮޑުޢީދު ފާހަގަކުރަނީ

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން މިލަންދޫ ސްކޫލުން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން: ބޮޑު އީދުގައި ވެސް ކުޑަކުދިންނަށް ޚާއްޞަ އީދެއް ކުރިއަށް ގެންދާނެ- ފޮޓޯ: މިލަންދޫ ސްކޫލް

ށ. މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސްޔޫބީލްގެ ޙަރަކާތްތަކާ ގުޅުވައިގެން ބޮޑު ޢީދު ފާހަގަކުރަން ނިންމައިފިއެވެ.

" ށ. މިލަންދޫ އަލިމަސް ޢީދު އުފާ"ގެ ނަމުގައި ބޮޑު ޢީދުގެ ކުޅިވަރުތައް ހަތަރު ދުވަހަށް ވަނީ ބަހާލާފައެވެ. ޢީދުގެ ހަރަކާތްތައް ފަށަނީ ޖުލައި 9 ވަނަ ދުވަހު ބޮޑު ޖަމާއަތުގައި ކުރާ ފަތިސްނަމާދުންނެވެ. ފަތިސްނަމާދަށްފަހު ޢީދު މަޅި، " މާކޯ" ރޯ ކުރުނ ކުރިއަށް ގެންދާނެއެވެ. ޢީދުނަމާދަށްފަހު އޮންނާނީ ޢީދު ސައެވެ. އެދުވަހު ހަވީރު މިލަންދޫގެ ބޮޑެތި މަގުތަކުގައި ކޯޑިނެގުން އޮންނާނެއެވެ.

ޖުލައިމަހުގެ ދިހަ ވަނަ ދުވަހު އޮންނާނީ ޢީދަށް ޚާއްޞަ ކުރި ކުޅިވަރުތަކެވެ. ވާދެމުގެ މުބާރާތާއި ބޮޑުމަހުގެ ކުޅިވަރާއި ބޮޑުމަސް ބޭނުމާއި މާލި ޕެރޭޑެވެ. ހޯމަ ދުވަހު ކުރިއަށް ގެންދަން ނިންމާފައި ވަނީ ފައިގައި ތެޅިތެޅި ކިޔާ މުބާރާތަކާއި އެދުވަހުގެ ހަވީރު ބާއްވާ ކުޑަކުދިންގެ ހަވީރެވެ. ޖުލައި މަހުގެ އެގާރަ ވަނަ ދުވަހަކީ ޢީދުގެ އެންމެ ފަހު ދުވަހެވެ. އެ ދުވަހު މުއައްސަސާތަކުން ކުރިއަށް ގެންދާ ފުޅަނދުބުރަކާއި "ކޯޑި ފޭރުން" ކުރިއަށް ގެންދާނެއެވެ.

މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ސްކޫލްގައި މިހާރު 600 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް މިލަންދޫއަށް މާކަނޑޫދޫ މީހުން ބަދަލުކޮށް، އެރަށުގައި " މިލަންދޫ ސްކޫލް" ހުޅުވީ 17 ސެޕްޓެމްބަރު 2000 ވަނަ އަހަރުގައެވެ. އެ ސްކޫލަށް 75 އަހަރު ފުރުނުކަމަށް ބަލަނީ މާކަނޑޫދޫ ސްކޫލް ހުޅުވި ތާރީޚަށް ބަލައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *