ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިންތިޒާމްކޮށް، ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި، ރީސައިކަލް އާޓް އެގްޒަބިޝަންގެ ނަތީޖާ އިއުލާންކޮށްފިއެވެ.
ތިން ކެޓަގަރީއަކުން ކުރިއަށް ގެންދިޔަ މުބާރާތަށް ރާއްޖޭގެ ސްކޫލްތަކުން 300އަށްވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ "އަވަރ ޕްލެނެޓް، އަވަރ ހެލްތް" ގެ ދަށުން ރިސައިކަލް އާރޓް މުބާރާތެއްގެ ގޮތުގައެވެ. މި މުބާރާތްތަކުގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކުގެ ތެރޭގައި ބަދަލުހިފުމުގެ އެޖެންޓުން އުފެއްދުމާއި، ފެހި ކަންކަމަށް ބާރުއެޅުމާއި، ތިމާވެށްޓަށް އެހީތެރިވުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް ތަކެއް ޤާއިމުކުރުމެވެ.
ރީސައިކަލްކޮށްފައިވާ އާޓް މުބާރާތަށް ހުރިހާ ސްކޫލެއްގެ ދަރިވަރުން ގްރޭޑް 1-9 އަށް އެދުނީ ހަމައެކަނި ރީސައިކަލް ކުރެވޭ ތަކެތި ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އާޓްވޯކް އުފެއްދުމަށެވެ. އެއީ ޕްލާސްޓިކް، ރާސްތާ، ކަރުދާސް، ބިއްލޫރި، ކާރުބޯޑް، ކްލޯތިން، އިލެކްޓްރޯނިކް ވޭސްޓް، އެލުމިނިއަމް، ސްޓީލް، ފޭމް، އުކާލާ ތަކެތި ބޭނުންކޮށްގެންނެވެ.

މި މުބާރާތުގެ ފުރަތަމަ ކެޓަގަރީން އެއްވަނަ ހޯދީ، ތާޖުއްދީން ސްކޫލްގެ ގުރޭޑް 2ގެ ފާތިމަތު ތޯހާ އަބްދުﷲ ވަހީދެވެ. ދެވަނަ ހޯދީ، ބިލެތްދޫ ސްކޫލްގެ ގުރޭޑް 4ގެ ދަރިވަރު، ހަޝްމާ އިބްރާހިމެވެ. ތިންވަނަ ހޯދީ، ކަލާފާނު ސްކޫލްގެ ގުރޭޑް 1ގެ ދަރިވަރު، ޔޫސުފް ލައިލް ނިޔާޒެވެ.
ގުރޭޑް 5ން7 އަށް ކުރިއަށް ގެންދިޔަ ދެވަނަ ކެޓަގަރީން އެއްވަނަ ހޯދީ، ގޮއިދޫ ސްކޫލްގެ ގުރޭޑް 6ގެ ދަރިވަރު، ޔައުލާ ޝަކީބެވެ. ދެވަނައަށް ދިޔައީ ބިލެތްދޫ ސްކޫލްގެ ގުރޭޑް 5ގެ ދަރިވަރު، މުޙައްމަދު ޖަޔާޝަން އަލީއެވެ. ތިންވަނަ ހޯދީ، ތާޖުއްދީން ސްކޫލްގެ ގުރޭޑް 5ގެ ދަރިވަރު، އަހުމަދު ހާއިޝް ނިޒާމެވެ.
ގުރޭޑް 8އާ 9ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ތިންވަނަ ކެޓަގަރީން އެއްވަނައަށް ދިޔައީ، ހުރަވީ ސްކޫލްގެ ގުރޭޑް 9ގެ ދަރިވަރު، ޔަޝާ ޝަފީ ޝަފީގެވެ. ދެވަނަ ހޯދީ މުޙްޔިއްދީން ސްކޫލްގެ ގުރޭޑް 9ގެ ދަރިވަރު، ފާތިމަތު އިމްތިނާން އަބްދުލް ވާހިދެވެ. ތިންވަނަ ހޯދީ ނޮޅިވަރަމް ސްކޫލްގެ ގުރޭޑް9ގެ ދަރިވަރު ހައފާ ހުސައިނެވެ.
މި މައުރަޒުގައި ބައިވެރިކުރި އުފެއްދުންތައް ދައްކާލުން، މިއަދުން ފެށގެން މާދަމާގެ ނިޔަލަށް އިއްޒުއްދީން ސްކޫލް ހޯލްގައި އޮންނާނެއެވެ.
advertisment
ހިޔާލު