ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރަން ވެލްޓްރޭޑިންގއަށް

ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ސެޓެލައިޓް ސްކޫލްގެ ގޮތުގައި ރަކީދޫ ސްކޫލަށް ގެންނަންޖެހޭ ބަދަލުތައް 60 ދުވަހުގެ ތެރޭގައި ނިންމަން ވެލްޓްރޭޑިންގއިން ހުށަހަޅާފައި ވަނީ 3.3 މިލިއަން ރުފިޔާއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓާރ މޫސާ ނައީމެވެ. ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަލީ ޝަމީޒެވެ.

ރަކީދޫ ސްކޫލްގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ސެޓްލައިޓް ސްކޫލެއްގެ ގޮތުގައި ރަކީދުގައި ކިޔަވައިދޭން ފެށީ 13 އަހަރަށްފަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *