ޓީޗަރސް ކޮންފަރެންސް ކުޅުދުއްފުށީގައި ބާއްވަނީ

އައްޑޫ ސިޓީގައި ބޭއްވި ފަސް ވަނަ ޓީޗަރސް ކޮންފަރެންސް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތު- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އަންނަ އޮކްޓޯބަރު މަހު  9ން 10އަށް ކުޅުދުއްފުށި ސިޓީގައި ބާއްވަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއީން ނިންމައިފިއެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްގެ ތީމެއްގެ ގޮތުގައި މި އަހަރު ކަނޑައަޅާފައި ވަނީ "ކަރަންޓް ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ ޑިރެކްޝަންސް" އެވެ.

އެންއައިއީ އިން ބުނީ، މި ކޮންފަރެންސްގައި ބައިވެރިވުމަށް އަންނަ އޯގަސްޓްމަހުގެ 18 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި 250 އަށްވުރެ މީހުން މި ކޮންފަރެންސްގައި ވައިވެރިވާނެކަމަށެވެ.

ކޮންފަރެންސްއާ ގުޅުން ހުރި ދާޢިރާތަކުން ކަރުދާސްތައް ހުށަހެޅުމުގެ ފުރުޞަތު މި ކޮންފަރެންސްގައި ދެއެވެ. އެންއައިއީއިން ބުނީ، މި ކޮންފަރެންސްގެ ސަބަބުން ޓީޗަރުންގެ މެދުގައި ރިސާރޗް ކުރުމުގެ ސަޤާފަތެއް އުފެދިގެންދާނެ ކަމަށެވެ. އަދި މިކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ މަސައްކަތްތައް ހިއްސާކުރުމުގެ ފުރުޞަތު ދެއެވެ. އެ ފަރާތްތަކުން ހުށަހަޅާ އިލްމީ ދިރާސާތްކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް އެންއައިއީއިން ދެކެއެވެ.

އެންމެ ފަހުން މި ކޮންފަރެންސް ބޭއްވީ އައްޑޫ ސިޓީގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *