ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅިގެން ތައްޔާރު ކުރި އަލިމަސްޔޫބީލް މޮނިއުމަންޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުޅުއްވައިދެއްވައިފިއެވެ.
މޭނާ ސްކޫލްގެ މޮނިއުމަންޓް ތައްޔާރު ކޮށްފައި ވަނީ އެ ސްކޫލްގެ އާ އިމާރާތުގައެވެ. މި މޮނިއުމަންޓް ފަރުމާކޮށްފައި ވަނީ އެ ސްކޫލްގެ އިސްދަރިވަރު، ހައްވާ ނިޝްވާއެވެ.
މޭނާ ސްކޫލްގެ އަލިމަސްޔޫބީލްގެ ޚާއްޞަ ޖަލްސާ ޝަރަފުވެރިކުރެއްވުމަށް ހޮޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މޮނިއުމަންޓް ހުޅުއްވުމަށްފަހު، ހޮޅުދޫ އަތިރިމަތީގައި ބޭއްވި "ހަތްތަރި ފަހެއް" ސައިފޮދުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ސައިފޮދު ކުރިއަށް ދިޔައިރު މޭނާ ސްކޫލްގެ ތާރީޚު ދައްކުވައިދޭ މަންޒަރުތަކެއް ވަނީ ދައްކާލާފައެވެ.
މޭނާ ސްކޫލްގައި ގުރޭޑް 12އާ ހަމައަށް 350 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު