މައިޝަންއާއި އީނާޝް: ލަންދޫ ސްކޫލްގެ ތާރީޚް ބަދަލުކޮށްލި ދެ ދަރިވަރުން

ލަންދޫ ސްކޫލަށް 55 އަހަރު ފުރިގެން ދިޔައިރު، އެ ސްކޫލްގެ ތާރީޚް ބަދަލުކޮށްލި ފަޚުރުވެރި ދަރިވަރުންގެ ގޮތުގައި މުޙައްމަދު މައިޝަންއާއި މަރިޔަމް އީނާޝް އަލީ ހިމެނިއްޖެއެވެ. މި ދެ ދަރިވަރުންނަކީ އެ ސްކޫލުން އޯލެވެލްގައި ބައިވެރިވީއްސުރެ، ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ހަމައެކަނި ދެ ދަރިވަރުންނެވެ.

2020-2021 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އަށް ވަނަ މައިޝަން ހޯދީ، ތިން އޭސްޓާއާއި ތިން އޭ އާއި ދެ ބީ ހޯދައިގެންނެވެ. އިނާޝް ދިޔައީ ދިހަ ވަނައަށެވެ. އޭނާ ދިވެއްސާއި އިސްލާމުން އޭ

2020-2021 ވަނަ އަހަރު، ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރު މައިޝަން: ފޮޓޯ: ލަންދޫ ސްކޫލް

ސްޓާއާއި ތިން މާއްދާއިން އޭއާއި ތިން މާއްދާއިން ބީ ހޯދާފައެވެ.

މައިޝަންއަކީ ފާއިތުވި އަހަރު، ލަންދޫ ސްކޫލްގެ ކެޕްޓަނެވެ. އަދަބީ ކަންތައްތަކަށް ޚާއްޞަ ޝަޢުޤެއް ބެހެއްޓި މައިޝަން ކުރިމަގުގައި ފެންނާނީ ޕައިލެޓެއްގެ ގޮތުގައެވެ.

އީނާޝްއަކީ ފާއިތުވި ދެ އަހަރުވެސް އެ ސްކޫލްގެ ވައިސް ކެޕްޓަނެވެ.

ލަންދޫ ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބް މުޙައްމަދު އިހުސާނެވެ.

ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ، 55 އަހަރުވީ ތާރީޚުގައި އެ ސްކޫލްގެ ދެ ދަރިވަރުން ފާއިތުވި އަހަރު ސާނަވީ އިމްތިޙާނުގެ ޤަޢުމީ ގަދަ ދިހައެއްގައި އެ ސްކޫލްގެ ދެ ދަރިވަރުން ހިމެނުމަކީ އެ ސްކޫލަށް ލިބުނު ފަޚުރެއް ކަމަށާއި ފާއިތުވި ދެ އަހަރު ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ.

2019 ވަނަ އަހަރު ލަންދޫ ސްކޫލްގެ ޕްރިންސިޕަލްކަމާ ހަވާލުވެ ވަޑައިގެންނެވި ޔޫސުފު ވިދާޅުވީ، 2019 ވަނަ އަހަރު އެ ސްކޫލުން ސާނަވީ އިމްތިޙާން ހެދި ހުރިހާ ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައިވާ ކަމަށެވެ. އަދި

2020 – 2021 ވޭތުވެދިޔަ  އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 80 އިންސައްތަ ދަރިވަރުން 5 މާއްދާއަށްވުރެ މަތިން ވަނީފާސްވެފައިވާ ކަމަށެވެ.

200 އެންހާ ދަރިވަރުން ކިޔަވަމުން އަންނަ ލަންދޫ ސްކޫލް ހުޅުވީ މަކްތަބުއްސަގާފާގެ ނަމުގައި 1967 ވަނަ އަހަރުއެވެ. ޒަމާނީ ތަޢުލީމު ދޭ ތަނެއްގެ ގޮތުގައި ލަންދޫ ސްކޫލްގެ ނަމަށް ބަދަލުކުރީ 1989 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *