ޔުނެސްކޯ-ޔުނެވޮކްގެގެ ފަރާތުން “ޑިޖިޓަލް ޗޮމްޕެޓެންސީ ފޯ ޓިވެޓް ޓީޗަރސް އެންޑް ސްޓާފްސް" ގެ ނަމުގައި މޯލްޑިވްސް ޕޮލުޓެކްނިކްގައި 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ނިންމުމަށް މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހީމް ޙަސަންއެވެ.
ޔުނެސްކޯ-ޔުނެވޮކްގެ މެމަބަރެއްކަމުގައި މޯލްޑިވްސް ޕޮލިޓެކްނިކް ރަޖިސްޓަރ ވެފައިވަނީ 2019 ވަނަ އަހަރުގައެވެ. މިގޮތުން މި ޓްރެއިނިންގ ހަރަކާތަކީ ޔުނިވޮކްގެ 6 ސެންޓަރ އަކުން ބައިވެރިވެގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ 6 ޤައުމަކީ، މެލޭޝިޔާ، އިންޑޮނޭޝިޔަރ، ތައިލޭންޑް، ޗައިނާ، އީރާން އަދި ދިވެހިރާއްޖެއެވެ.
މި ޓްރެއިނިންގ ގައި މެލޭޝިޔާ، އިންޑޮނޭޝިއަރ އަދި އީރާނުގެ އޮފިޝަލުންގެ ގޮތުގައި 11 ބައިވެރިން އަދި ރާއްޖެއިން (މޯލްޑިވްސް ޕޮލިޓެކްނިކްއިން 14) ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ، ޑިޖިޓަލައިޒް ކުރުމުގެ ރޮނގުން ޓިވެޓް މުދައްރިސުންނާއި ޓްރެއިނަރުން ތަމްރީނު ކުރުމުގައި ޒަމާނީ ބަދަލުތަކާއި އެކަމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރުމެވެ. އަދި، ކާމިޔާބު މަސައްކަތްތަކެއް ސާބިތުކޮށްދީފައިވާ އީޖާދީ ޓިވެޓް ޓީޗަރ ޓްރެއިނިންގ މަސައްކަތްތަކުގެ މިސާލުތައް ދެނެގަނެ، ޑިޖިޓަލައިޒޭޝަންއާ ގުޅޭ ތަޖުރިބާއާއި މަޢުލޫމާތު ޤައުމުތަކުގެ މެދުގައި ޙިއްޞާކުރުމެވެ.
މިގޮތުން މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ފާހަގަކުރެއްވީ، މިފަދަ ބައްދަލުވުންތަކުގެ މުހިންމުކަމާއި އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ބައްދަލުވުންތައް ރާވައި ހިންގެވުމަށެވެ. މުސްތަޤްބަލްގައި ޓިވެޓްއިން ހިންގޭ ހުރިހާ ޕްރޮގްރާމެއްވެސް ޑިޖިޓަލައިޒް ކުރުން މުހިންމުކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު