ދިރާސީ އާ އަހަރުގެ ކަލަންޑަރު: ކިޔަވައިދޭނީ 203 ދުވަހު

ދިރާސީ އާ އަހަރުގެ ކަލަންޑަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރެފިއެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރުގައި ބުނެފައިވާ ގޮތުން ފުރަތަމަ ޓާމްގައި ކިޔަވައިދެނީ 92 ދުވަހުއެވެ. ފުރަތަމަ ޓާމުގެ މުއްދަތަކީ 2022 އޮގަސްޓް 7ން 22 ޑިސެމްބަރު 2023ށެވެ. ދެވަނަ ޓާމްގައި ކިޔަވައި ދޭނީ 111 ދުވަހުއެވެ. އެއީ 2023 ޖެނުއަރީ 8ން 22 ޖޫން 2023 އަށެވެ.

15 ސެޕްޓެމްބަރުގައި ގުރޭޑް އެގާރައިގެ އާ ބެޗްގެ ކިޔެވުން ފެށޭއިރު، ފަސް ދުވަހުގެ މިޑްޓާމް ބްރޭކް ލިބޭނީ އޮކްޓޯބަރު މަހުގެ 9ން 13އަށެވެ. ގުރޭޑް 10ގެ ދަރިވަރުންގެ ފައިނަލް ޓާމް އިމްތިޙާން އޮންނާނީ 13 ނޮވެމްބަރުން 1 ޑިސެމްބަރަށެވެ. ގުރޭޑް 7ން 9ގެ ފުރަތަމަ ޓާމް އިމްތިހާން އޮންނާނީ 27 ނޮވެމްބަރުން 15 ޑިސެމްބަރަށެވެ.

ފުރަތަމަ ޓާމުގެ ބަންދު ލިބެނީ 25 ޑިސެމްބަރުން ޖެނުއަރީ 5އަށެވެ. 22 ޖެނުއަރީން 9 ފެބުރުއަރީއަށް ގުރޭޑް އެގާރައިގެ ފުރަތަމަ ޓާމް ޓެސްޓް ކުރިއަށް ދާނެއެވެ.

ދެވަނަ ޓާމްގެ މިޑް ބްރޭކް ލިބެނީ އެޕްރީލް މަހުގެ 16އިން 20އަށެވެ. ގުރޭޑް 7ން 12 އަށް ދެވަނަ ޓާމުގެ ޓެސް އޮންނާނީ 28 މެއިން 15 ޖޫންއަށެވެ.

ބޮޑުބަންދު ލިބޭނީ 25 ޖޫން އިން އޮގަސްޓް މަހުގެ ތިން ވަނަ ދުވަހަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *