ޤައުމީ ޔުނިވަރސިޓީގެ އޯޕަންޑޭގެ ގޮތުގައި ފާހަގަކުރާ "ފަހި ދުވަސް" އަންނަ އާދީއްތަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްއެންޔޫއިން ބުނީ، މި އިވެންޓު ކުރިއަށްދާނީ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، އާދީއްތަ ދުވަހުގެ ހަވީރު 00:4 ން 00:6 އަށް އަދި ރޭގަނޑު 00:8 ން 00:10 އަށެވެ.
މި އިވެންޓުގެ ތެރޭގައި، އޯލެވެލް އަދި އެހެނިހެން ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުން ވެސް ކުރިއަށްދާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ބޭނުންވާ ލިޔުންތައް އެޓެސްޓްކޮށްދިނުމުގެ ޚިދުމަތް ވެސް މި އިވެންޓްގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށެވެ.
އެ ޔުނިވަރސިޓީން ބުނީ، ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށެވެ.
ފަހި ދުވަހުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމުތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނީއަރިންގ ދާއިރާ، ޞިއްޙީ ދާއިރާ، ފަތުރުވެރިކަމާއި މެހެމާނުދާރީގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީޢަތާއި ޤާނޫނުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ނިޔެމިކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން 2022 ވަނަ އަހަރުގެ އޮގަސްޓް އިންޓޭކަށް ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުޞަތުތަކާއި ބެހޭ މަޢުލުމާތުވެސް ހިއްސާކުރަން ވަނީ ނިންމާފައެވެ. ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ޖުލައި މަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެއެވެ.
advertisment
ހިޔާލު