ފާއިތުވި ދިރާސީ އަހަރު އިސްކަންދަރު ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި މުޙައްމަދު ލޫޠް އިބްރާހިމް ޒިޔާއު ހޮވައިފިއެވެ.
ރޭ ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި، އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވި، ލޫޠު ވަނީ 2020-2021 ވަނަ ބޭއްވި ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ އެއް ވަނަ ހޯދާފައެވެ. އަދި އޭނާ އަކީ ފާއިތުވި އަހަރު، އެ ސްކޫލްގެ ކެޕްޓަން ވެސް މެއެވެ.

އިސްކަންދަރު ސްކޫލްގެ އެންމެ މޮޅު ދެ ވަނަ ދަރިވަރަކަށް ހޮވުނީ، އާމިނަތު އަލްޠާފް ޝާހީނެވެ. ތިން ވަނަ ލިބުނީ އާދަމް އަލްޔާން އަހުމަދެވެ.

އެންމެ މޮޅު ދަރިވަރުންނަށް ޓްރޮފީއާއި އިނާމް ހަވާލުކޮށްދެއްވީ ދަތުރުފަތުރާބެހޭ ވަޒީރު، އައިޝަތު ނަހުލާއެވެ.
އިސްކަންދަރު ސްކޫލަކީ ފާއިތުވި އަހަރު ސާނަވި އިމްތިޙާނުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ސްކޫލެވެ. ސާނަވީ އިމްތިޙާނުގައި 141 ދަރިވަރުން ބައިވެރިވެ 42 ދަރިވަރުން ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ.
advertisment
ހިޔާލު