ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުން ފާއިތުވި ދެ އަހަރު އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ. 2019 ވަނަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އެ ސްކޫލްގެ އާމިނަތު އަރީޝާ އަބުދުއްރަޝީދަށެވެ. 2020-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އީޖާދު މުހައްމަދެވެ.
އަރީޝާ ވަނީ 2019 ވަނަ އަހަރު، ބޭއްވި ސާނަވި އިމްތިޚާނުން ޤައުމީ ގަދަ ދިހައެއްގެ ފަސްވަނަ ވެސް ހޯދާފައެވެ. އީޖާދު ވަނީ 2020-2021 ވަނަ އަހަރު ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ.
2019 ވަނަ އަހަރު ޤައުމީ ގަދަ ދިހައެއްގައި އަރީޝާގެ އިތުރުން ދެ ދަރިވަރަކު ހިމެނިފައިވެއެވެ. އެއީ ހަތް ވަނަ ހޯދި، އާމިނަތު މިޒްނާ އިބުރާހިމާއި އަށް ވަނަ ހޯދި މާރިއަތު މުޙައްމަދެވެ. 2020-2021 ވަނަ އަހަރު އެ ސްކޫލްގެ ދިހަ ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.
އަފީފުއްދީން ސްކޫލްގައި ގުރޭޑް 12 އާ ހަމައަށް 900 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު