ވިލުފުށީ ސްކޫލްގެ ލީޑިންގ ޓީޗަރު، އާތިފު ނިޔާވެއްޖެ

ވިލުފުށީ ސްކޫލްގެ ލީޑިންގ ޓީޗަރު، އާދަމް އާތިފު، ދިލްބަހާރުގެ ތ. ވިލުފުށި، ( މުތީ، ތ. ދިޔަމިގިލި) މިއަދު ނިޔާވެއްޖެއެވެ.

އާތިފު ނިޔާވުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

އާތިފުވަނީ 1991 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރަމުންނެވެ. ފާއިތުވި  31 އަހަރު ދުވަހުގެ ތެރޭގައި އަމީނިއްޔާ ސްކޫލްގެ އިތުރުން ދިޔަމިގިލީ ސްކޫލްގައި މަސައްކަތް ކުރައްވާފައިވެއެވެ.

އަމީނިއްޔާ ސްކޫލުން ބުނީ، އާތިފުގެ ވަކިވެ ދިއުމަކީ އެ ސްކޫލްގެ އެންމެހައި ދަރިވަރުންނާއި ސްޓާފުންނަށް ލިބިގެންދިޔަ ފުން ހިތާމައެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *