ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތަކުގައި ގޭޓްތައް ތަޅުލާފައި ބަހައްޓަން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
ތަފްސީލެއް ނުދީ، މިފަދަ ނިންމުމެއް ސްކޫލްތަކަށް އަންގާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އެޅީ، ޖަމާލުއްދީން ސްކޫލަށްވަދެ، މީހަކު މާރާމާރީ ހިންގުމާ ގުޅިގެންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައި ވަނީ، ކިޔަވައިދޭ ގަޑިތަކުކުގައި ހުރިހާ ގޭޓެއް އެތެރެއިން ތަޅުލުމުގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުށެވެ. ހަމައެކަނި ގޭޓް ހުޅުވާފައި ހުންނަން ޖެހޭނީ ކުދިން ސްކޫލަށް ވަންނަ ވަގުތުގައެވެ. ގޭޓްތައް ތަޅުލާފައި ހުންނަ ވަގުތުތަކުގައި ސްކޫލަށް ވަދެނިކުތުމުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެސުމަށެވެ. ބެލެނިވެރިން ނުވަތަ އާންމުންނަށް ސްކޫލު ގޭޓުން ވަނުމަށް، ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައިދިނުމުންނެވެ. މިގޮތަށް ވަދެވޭނީ ވެސް ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑް އޮތްތޯ ސުކޫލުން ކަށަވަރުކުރުމަށްފަހުއެވެ.
ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލްތަކުން އެޅި ފިޔަވަޅެއްގެ ގޮތުން މީގެ ކުރިން ވަނީ ސްޓޫޑެންޓް ކާޑް ތަޢާރަފުކޮށްފައެވެ.
advertisment
ހިޔާލު