ބްރިޖް ލިޓްލް ލާނަރސް ޕްރީ ސްކޫލް ރީ ބްރޭންޑް ކުރަނީ

ބްރިޖް ލިޓްލް ލާނަރސް ޕްރީ ސްކޫލް ރީ ބްރޭންޑް ކުރަން ނިންމައިފިއެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ހައްވާ ޝަހީދާ ވިދާޅުވީ، މާރޗް މަހުން ފެށިގެން އެ ސްކޫލް ހިންގަނީ އާ މެނޭޖްމަންޓަކުން ކަމަށާއި، އަންނަ ދިރާސީ އާ އަހަރު ފަށާނީ އެ ސްކޫލް ރީ ބްރޭންޑް ކުރުމަށްފަހު ކަމަށެވެ.

ޝަހީދާ ވިދާޅުވީ، ރީ ބްރޭންޑް ކުރާއިރު، އެ ސްކޫލްގެ ނަންވެސް ބަދަލުވާނެ ކަމަށާއި، ނަން ބަދަލު ކުރުމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

" ނަމާއެކު ޔުނީފޯމް ވެސް ބަދަލުވާނެ. އަޅުގަނޑުމެން ވާނެ މިހާރު ތިބި ދަރިވަރުންގެ ބެލެނިވެރިންނާ އެ މައުލޫމާތު ހިއްސާ ކޮށްފައި" ޝަހީދާ ވިދާޅުވިއެވެ.

ޝަހީދާ ވިދާޅުވި ގޮތުގައި މިހާރު އެ ސްކޫލްގެ ޖާގައަކީ 200 ކަމަށް ވިޔަސް، ޖާގަ އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު އެ ސްކޫލުގައި ކިޔަވައިދެނީ، ދެ އަހަރުން ފަށާ ބޭބީ ނާސަރީން ފެށިގެން ޔޫކޭޖީއާ ހަމައަށެވެ.

މިހާރު ވަނީ އެ ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް ފުރުޞަތު ހުޅުވާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *