2021 ވަނަ އަހަރު، ސެންޓަރ ފޯރ ހަޔަރ އެޑިޔުކޭޝަންގެ އެއްވަނަ އަންހެން ފަސް ދަރިވަރުން ހޯދައިފިއެވެ.
2021 ވަނަ އަހަރު، އޭލެވެލް އިމްތިޙާނުގައި ހަ މާއްދާއިން އޭ ސްޓަރ އެއްކުޖަކު ހޯދިއިރު، އަނެއް ހަތަރު ކުދިން ވަނީ ފަސް މާއްދާއިން އޭ ސްޓަރ ހޯދާފައެވެ.
ފާއިތުވި އަހަރު، ސީއެޗްއެސްއީގެ އެއްވަނައަށް ދިޔަ ކުދިންނަކީ:
- އާމިނަތު ނޫހާ ނިމާލް، 6 އޭ ސްޓަރސް
- އައިން އަލީ ރަޝީދު، 5 އޭ ސްޓަރސް
- މަޢާނީ މުއާވިޔަތު ޝަރީފު، 5 އޭ ސްޓަރސް
- މަރިޔަމް މަލްސާ އަލީ، 5 އޭ ސްޓަރސް
- ޝަނީ ޝަމީމް، 5 އޭ ސްޓަރސް
ސީއެޗްއެސްއީން ބުނީ، އެ ސްކޫލުން ފާއިތުވި އަހަރު އޭލެވެލް ހެދި ކުދިންގެ ތެރެއިން ފަސް މާއްދާއިން އޭ ހޯދި ކުދިންގެ އަދަދު 43 އަރާ ކަމަށާއި، ފަސް މާއްދާއިން އޭ ސްޓަރ ހޯދި ފަސް ކުދިންނާއެކު 48 ކުދިން ރައީސުލްޖުމުހޫރިއްޔާ ދެއްވާ ހައި އެޗީވަރސް އެވޯޑަށް ޝަރުޠު ކަމަވާ ކަމަށެވެ.

ހައި އެޗީވަރސް ދިނުމުގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ، ފާއިތުވި އަހަރު، މަތީ ސާނަވީ އިމްތިޙާން، ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުމާއި، އިސްލާމާއި ދިވެހި ހިމެނޭހެން ފަސްމާއްދާއިން އޭ ފާސް ހޯދުމާއި، ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ ނުވަތަ އެ ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ސީ އިން ފެށިގެން މަތީ ގުރޭޑެއް ލިބިފައިވުމެވެ.

ހައިއެޗީވަރ އެވޯޑްގެ ދަށުން ކިޔަވަން ފުރުޞަތު ދެނީ، ދިވެހިރާއްޖެ ހިމެނޭހެން ސާކުގެ ޤައުމުތަކާއި، މެލޭޝިޔާ، ތައިލެންޑް،ފިލިޕިންސް، ޗައިނާގެ އިތުރުން އޯއީސީޑީގެ ޤައުމުތަކުންނެވެ.
ހަޔަރ އެޗީވަރސް އެވޯޑަށް ހުޅުވާލީ މި އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވާނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހަށެވެ.
advertisment
ހިޔާލު