ކަނޑުތަކަށް އެޅޭ ކުނި ދެމެހެއްޓެނިވި މަދުކޮށްގެން "ޕްރޮމިސް ސަސްޓައިނަބިލިޓީ އެވޯޑް' ފަސް ތަނަކަށް ދީފިއެވެ. އެވޯޑް ރާއްޖެއިން ލިބުނީ، ތުލުސްދޫގައި ހިންގާ އޯޝަންކޮޓޭޖާއި، ސްކޫބާ ސްޕާ މޯލްޑީވްސްއަށެވެ. ލަންކާއިން ލިބުނީ، ޖެޓްވިންގ ލައިޓްހައުސްއާއި ރަވާނާ ގާރޑަންއަށެވެ. އިންޑިޔާއިން ލިބުނީ ޖެލީ ފިޝް ވޯޓަރ ސްޕޯޓްސްއަށެވެ.
ރާއްޖޭގައި މި ޕްރޮޖެކްޓު ތަންފީޒުކުރާ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ފަރާތްތަކަށް އެވޯޑް ހަވާލު ކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
މި އެވޯޑަށް މި ތިން ޤައުމުގެ 36 ތަނަކުން ކުރިމަތިލިއެވެ.
advertisment
ހިޔާލު