ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށް ގެންދިޔަ ސާފްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން 333 ކިލޯގެ ކުނި ނަގައިފިއެވެ.
ގުޅީފަޅުގައި ކުރިއަށް ގެންދިޔަ ސާފްކުރުމުގެ މިހަކާތުގައި 333 ކިލޯގެ ކުނި ނެގިއިރު، އޭގެ ތެރެއިން 119 ކިލޯއަކީ ޕްލާސްޓިކެވެ.
ކަނޑުތަކަށް އަޅާ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތް ކުރާ ޕާލޭ މޯލްޑިވްސްގެ އިސްވެރިންނާއެކު ޖުމްލަ 35 މީހަކު ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، މި ހަރަކާތް ކުރިއަށް ގެންދިޔައީ "ޕްރޮމިސް ޕްރިވެންޝަން އޮފް މެރިން ލިޓާ ފޯ ލަގްޝްވަޑީޕް ސީ" ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައެވެ.
އީޔޫގެ މި ޕްރޮޖެކްޓްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެހި ޤައުމީ ޔުނިވަރސިޓީ މަސައްކަތް ކުރާއިރު، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެއްޓަނުގެ ކުނި މޫދާ ގުޅުން ހުރި ސަރަޙައްދުތަކުން ނަގަންޖެހެއެވެ.
advertisment
ހިޔާލު