ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ޤައުމީ ބޭންކު ބީއެމްއެލްއިން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ގޮވައިގެން ޑައިވިންއަށް ގޮސްފިއެވެ.
ތިން ދުވަހަށް ކުރިއަށް ގެންދާ މި ހަރަކާތުގައި އެމްއޭޕީޑީއާއި މޯލްޑިވްސް އޯޓިޒަމް ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ހުޅުމާލެއާއި ވިލިނގިލިން ބޭރުގައި ޑައިވްކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ޑައިވަސް ލޮޑްޖް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އަދި މޫދު ބުޅާ ޑައިވް ސެންޓަރުގެ އެހީތެރިކަމާއެކުގައެވެ.
ބީއެމްއެލްއިން މި ހަރަކާތް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔައީ ފެތުމާއި ޑައިވްކުރުމަކީ އެކުދިންނަށް ލިބޭ ތެރަޕުޓިކްގެ ފަރުވާއަަކަށް ވާތީ، އެ ތަޖުރިބާ އެކުދިންނަށް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.

އެކުދިން ޑައިވިނަށް ގެންދިޔައީ ރައްކާތެރި ކަމުގެ ގޮތުންނާއި، އެކަށީގެންވާ މައުލޫމާތާއި، އަދި ޑައިވަރުންގެ ބެލުމުގެ ދަށުންނެވެ.
advertisment
ހިޔާލު