"ކިޑްސް ފުޓްބޯޅަ ފިޔެސްޓަރ" ނިންމުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހު

ގުރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ” ކިޑްސް ފިޔެސްޓަރ" މިއަދު ނިންމާލައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ރައީސް ވަނީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ ފުޓްބޯޅަ މި ފެސްޓިވަލުގައި ބައިވެރިވެ އެވަގުތު ކުރިއަށް ގެންދިޔަ މެޗް ބައްލަވާލައްވާފައެވެ.

ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން އިންތިޒާމް ކުރި މި ފެސްޓިވަލުގައި 320 މެޗް ކުޅުނުއިރު،  720 ކުދިން ބައިވެރިވެއެވެ. 2014 ވަނަ އަހަރު ފެށި މި ފިޔެސްޓަރގައި 10،000އަށް ވުރެ ގިނަ ދަރިވަރުން ކުޅެފައިވެއެވެ.

މާލޭގެ އިތުރުން އަތޮޅުތެރެއަށް ވެސް މި ފުޓްބޯޅައިގެ ހަރަކާތް ފުޅާކުރާނެ ކަމަށް ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *