މުއާޝްއާއި ހިޝްމާ: ހުރާ ސްކޫލްގެ އެންމެ މޮޅު ދަރިވަރުން

ފާއިތުވި ދެ ހުރާ ސްކޫލްގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ.

2019 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ، އަހުމަދު މުއާޝް މުޙައްމަދު މުނީރެވެ. 2020-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އައިޝަތު ހިޝްމާއެވެ.

ހުރާ ސްކޫލުން ބުނީ، އެ ސްކޫލްގެ ފާއިތުވި ދެ އަހަރު އެންމެ މޮޅު ދަރިވަރުންނަކީ ކިޔެވުމާ އެއްވަރަށް ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވި ނަމޫނާ ދަރިވަރުން ކަމަށެވެ.

ހުރާ ސްކޫލްގެ ފާއިތިވި ދެ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހެވެ.

270 އެންހާ ދަރިވަރުން ކިޔަވަމުން ގެންދާ ހުރާ ސްކޫލަށް މި އަހަރު ވަނީ 35 އަހަރު ފުރިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *