ކިޔެވުމާއި ދިރިއުޅުން ހުންނަ ގޮތް ދެނެގަންނަން ހުޅުދުއްފާރު ސްކޫލުން ދަރިވަރުން ދިރިއުޅޭ ގޭގެއަށް

ހުޅުދުއްފާރު ސްކޫލުން އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރެއްގެ ގެއަށް ކުރި ޒިޔާރަތެއްގެ ތެރެއިން: މިފަދަ ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންގެ ފެންވަރު ވަށައިޖެހޭ ގޮތެއްގައި ދެނެގަނެވޭ: ފޮޓޯ: ހުޅުދުއްފާރު ސްކޫލް

ކިޔެވުމުގެ ހާލަތާއި ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަތުމަށް ހުޅުދުއްފާރު ސްކޫލުން ދަރިވަރުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތް ކުރަން ފަށައިފިއެވެ.

ހުޅުދުއްފާރު ސްކޫލުން ބުނީ، މިއީ ދަރިވަރުންގެ ގޭތެރޭގެ ކިޔެވުމުގެ މާޙައުލުގެ ޙާލަތު ވަޒަން ކުރުމަށާއި، ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަތުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެއް ކަމަށެވެ. ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތުމަށްފަހު އަލުން ފަށައިގަތީ ކަމަށެވެ. މި ޒިޔާރަތުގައި ބައިވެރިވަނީ އެ ސްކޫލްގެ ސްޓާފުންނެވެ.

ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޒު ދަރިވަރު ނޫހަށް ވިދާޅުވީ، މި ޒިޔާރަތުން ދަރިވަރުންގެ އުނގެނުމުގައި ބެލެނިވެރިންގެ ޝާމިލުވުން އިތުރު ކުރެވި، ޢާއިލާއައި ސްކޫލުގެ ގުޅުން ބަދަހިވެގެންދާ ކަމަށެވެ.

" ބެލެނިވެރިންނާއި ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ އެކިއެކި ސެޝަންތަކުގައި ދެވޭ މައުލޫމާތު އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފަމުންދެވޭތޯ. ނުކުރެވޭނަމަ ނުކުރެވޭ ސަބަބުތައް ވެސް އަޅުގަނޑުމެން ބަލަން. އަދި އެކަންތައްތައް ކުރެވިދާނެ ލަފައާއި އެކަންތައްތަކާ ގުޅޭގޮތުން ސްކޫލަށް ކުރެވެން ހުރި ކަންތައްތަކީ ކޮބާތޯ އަޅުގަނޑުމެން ބަލަން" ފަޔާޒު ވިދާޅުވިއެވެ.

" ސްކްރީމް ޓައިމްގައި ދަރިވަރުން ހޭދަކުރާ ވަގުތާއި، ނިދުމާއި ކެއުން ހުންނަގޮތާއި ހުސްވަގުތު ހޭދަކުރާ ގޮތާއި ކިޔެވުމުގެ ކަންތައްތައް ބައްޓަން ކޮށްފައި ހުންނަގޮތާއި ބެލެނިވެރިންނާއި ކުދިންނާ އޮންނަ ގުޅުން ފަދަ މުހިންމު މައުލޫމާތުތައް މިފަދަ ބައްދަލުވުންތަކުން ހޯދޭ"

ފަޔާޒު ވިދާޅުވި ގޮތުގައި، މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި، ދަރިވަރުންގެ ކިޔެވުމުގެ ފެންވަރާއި، ގޭގެއަށް ޒިޔާރަތްކޮށް ދަރިވަރުން މަސައްކަތް ކުރާގޮތް ދެނެގަތުމުން އެކުދިންނަށް ވެސް ކިޔެވުމާއިގެން ކުރިއަށް ދާން ހިތްވަރެއް ލިބިގެންދެއެވެ.

ހުޅުދުއްފާރު ސްކޫލުގައި 350 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *