ތިން ސްކޫލެއްގައި އިންކުލޫސިވް ސަޕޯޓް ޔުނިޓްތަކެއް ގާއިމް ކުރަން އިންޑިޔާއިން އެހީތެރިވަނީ

ތިން ސްކޫލެއްގައި އިންކުލޫސިވް ސަޕޯޓް ޔުނިޓްތަކެއް ގާއިމް ކުރަން އިންޑިޔާއިން އެހީތެރިވާން ނިންމައި އެކަން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އިންޑިޔާގެ އެހީގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓުތަކެއް ގާއިމް ކުރަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ގދ. ތިނަދޫ އަބޫބަކުރު ސްކޫލް އަދި ލ.ގަން އިހައްދޫ ސްކޫލްގައެވެ. ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮޖެޓްގެ ދަށުން ތިން ސްކޫލުގައި އިންސާނީ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރއާޢި މަސައްކަތަށް ބޭނުންވާ ތަކެތީގެ އިތުރުން އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެއެވެ.

އިންޑިޔާގެ އެހީގައި އަފީފުއްދީން ސްކޫލާއި ޏ. އަތޮޅު ތައުލީމީމަރުކަޒުގައި ވެސް މީގެ ކުރިން ވަނީ މިފަދަ ޕްރޮޖެކްޓެއް ހިންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *