އިސްރާފީލާއި، މިންހާ: ދަރުމަވަންތަ ސްކޫލްގެ އެންމެ މޮޅު ދަރިވަރުން

ދަރުމަވަންތަ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަށް ހޮވި މިންހާއާއި އިސްރާފީލް- މި ދެ ދަރިވަރުންނަކީ ވެސް ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވި ދެ ދަރިވަރުން: ފޮޓޯ: ދަރުމަވަންތަ ސްކޫލް

ފާއިތުވި ދެ އަހަރު ދަރުމަވަންތަ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންނަކީ މުޙައްމަދު އިސްރާފީލް އަލީ ޒާހިރާއި މަރިޔަމް މިންހާ މުފީދެވެ. 2019 ވަނަ އަހަރު އެންމެ މޮޅު ދަރުވަރަކީ އިސްރާފީލެވެ. 2020-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ މިންހާއެވެ.

2019 ވަނަ އަހަރު ދަރުމަންވަންތަ ސްކޫލްގެ ކެޕްޓަންގެ ޒިންމާ ވެސް އަދާކުރި އިސްރާފީލް ވަނީ ހަތް ޑިސްޓިންގޝަން ހޯދާ، ޤައުމީ ގަދަ ދިހައެއްގެ ނުވަވަނަ ހޯދާފައެވެ. 2020-2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު މިންހާއަކީ ދަރުމަވަންތަ ސްކޫލްގެ ފުރަތަމަ އަންހެން ކެޕްޓަނެވެ. ފާއިތުވި އަހަރުގެ މެއި/ޖޫންގައި ބޭއްވި ސާނަވީ އިމްތިޙާނުގައި އެއް އޭ އާއި ހަތް އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ މިންހާ ވަނީ ހޯދާފައެވެ.

ފާއިތުވި އަހަރު ދަރުމަވަންތަ ސްކޫލުން މަތީ ސާނަވީގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދި އަބްދުﷲ ފައުޒާން އަހުމަދުގެ އަގުވަޒަންކޮށް ރޭ ވަނީ އިނާމް ދީފައެވެ. ފައުޒާން ވަނީ ސާނަވީ އިމްތިޙާނުގައި އަށް މާއްދާއިން އޭ ސްޓަރ ހޯދާ ޤައުމީ ހަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *