ސާޅީސް ޓީމާއެކު " ކިޑްސް ފުޓްބޯޅަ ފިޔެސްޓަރ" ފަށައިފިއެވެ.
ކިޑްސް ފިޔެސްޓަރއަކީ ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން، ގުރޭޑް އެކަކާއި ދޭއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ހެންވޭރު ދަނޑުގައި ކުރިއަށް ގެންދާނެއެވެ.
މާލެސަރަހައްދުގެ ހުރިހާ ސްކުލެއްގެ ދަރިވަރުން މި މުބާރާތުގައި ބައިވެރިވާއިރު، ޝަރަފުވެރިމެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ނާއިބް ރައީސް ފައިސަލް ނަސީމެވެ.
ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ބުނީ، މި ފިޔެސްޓަރގައި 320 މެޗް ކުޅޭއިރު، 720 ކުދިން ބައިވެރިވާ ކަމަށެވެ. 2014 ވަނަ އަހަރު ފެށި މި ފިޔެސްޓަރގައި 10،000އަށް ވުރެ ގިނަ ދަރިވަރުން ކުޅެފައިވާ ކަމަށެވެ.
މާލޭގެ އިތުރުން އަތޮޅުތެރެއަށް ވެސް މި ފުޓްބޯޅައިގެ ހަރަކާތް ފުޅާކުރާނެ ކަމަށް ސޮކާ ވެޓަރަންސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
advertisment
ހިޔާލު